ކުޅަދާނަ ބަތަލާ ރިޝްމީއަށް ބައިނަލްއަގްވާމީ އެވޯޑެއް!

ދިވެހި ފިލްމް އިންޑަސްޓްރީގެ ކުޅަދާނަ ބަތަލާ ޢާއިޝަތު ރިޝްމީ ރަމީޒަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ރިޝްމީއަށް ލިބިފައިވަނީ،  ’ފިފްތު ޑޮކްޓަރ ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަނޭޝަނަލް އެވޯޑް ފޯރ ވޯރކިންގ ވިމެން އެވޯޑެވެ.

މި އެވޯޑާއެކު މިއީ ރިޝްމީއަށް ލިބުނު ބައިނަލްއަގްވާނީ ދެވަނަ އެވޯޑެވެ. 2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ފިލްމް "ވިޝްކާ" އިން ރިޝްމީ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑްވެސް ހާސިލުކޮށްފައެވެ.

ރިޝްމީއަށް މި އެވޯޑް ލިބިފައިވަނީ މޯލްޑިސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިވެގެންނެވެ. ރިޝްމީ ވަނީ އެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކާ އެ އެމްއެސްޕީއޭ އަށް ޝުކުރު އަދާކޮށްފައެވެ.

ރިޝްމީއަށް ލިބުނު ބައިނަލްއަޤްވާމީ އެވޯޑް--

މި އެވޯޑް ލިބުމުން އެކަން ފާހަގަކޮށް ރިޝްމީ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ،  އެމްއެސްޕީއޭގެ  ޗެއާމަން މުޙައްމަދު ރަޝީދު (ދަރާބެ)އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ރިޝްމީގެ ފިރިމީހާ، ކްޓަރ ޑައިރެކްޓަރ ރަވީ ފާރޫޤުގެ ފަރާތުން ލިބޭ އެހީތެރިކަން ރިޝްމީ ވަނީ ފާހަގަކޮށްފައެވެ.

މި އެވޯޓް ދެނީ މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ 100 އަންހެނުންނަށެވެ. ރިޝްމީ އަށް އެވޯޑު ލިބުނީ އެއަށް ހުށަހެޅި 7000 މީހުންގެ ތެރެއިންނެވެ.

ރިޝްމީއަށް މި އެވޯޑް ލިބުމުން ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ރިޝްމީއަށް މަރުހަބާ ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ