ޤާސިމް އިބްރާހިމް އަދި އަނބިކަބަލުން ނަހުލާ / ފޮޓޯ:ސަން

ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަންބަކަށް ވެގެނެއް ނޫން: ނަހުލާ

ވަޒީރުކަން ލިބުނީ ވަކި ބޭފުޅެއްގެ އަންބަކަށް ވެގެން ނޫން ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުނެވެ. ޖުމްހުރީ ޕާޓީއަކީ މި ސަރުކާރު ވެރިކަމަަށް ގެނައުމަށް މަސައްކަތް ކުރެއްވި ސަރުކާރު ކޯލިޝަންގެ އެއް ބައިވެރިއެކެވެ.

ވަޒީރުކަން ލިބުނީ ވަކި މީހެއްގެ އަންބަކަށް ވެގެނެއް ނޫން ކަމަށް ނަހުލަ ވިދާޅުވީ، ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ނަހުލާގެ ނަންފުޅު ޖުމްހޫރީ ޕާޓީން ރައީސް ޞާލިޙަށް ހުށައެޅުއްވީ ގާސިމެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މިހާރު ލިބެމުންދާ ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ