ރާއްޖޭގެ 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގެވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި، އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިޔަށްގެންދާ މަސްރޫއުތަކާއި ހަވާލުކޮށްފައިވާ ކޮންޓްރެކްޓް އަގުތައް:
- އއ. ފެލިދޫގެ ފެނާއި ނަރުދަމާ: 69,325,662.41 ރުފިޔާ
- އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65,834,544.82 ރުފިޔާ
- ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56,662,399.46 ރުފިޔާ
- ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60,448,081.38 ރުފިޔާ
- ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72,808,185.71 ރުފިޔާ
- ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76,745,355.54 ރުފިޔާ
- ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78,920,432.80 ރުފިޔާ
- ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69,140,251.05 ރުފިޔާ
- ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102,170,029.15 ރުފިޔާ
- ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86,048,775.52 ރުފިޔާ
- ނ. މާފަރުގެ ފެނާއި ނަރުދަމާ: 94,416,435.25 ރުފިޔާ
- ނ. ފޮއްދޫގެ ފެނާއި ނަރުދަމާ: 58,147,625.89 ރުފިޔާ
- ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80,082,362.13 ރުފިޔާ
- އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45,122,815.45 ރުފިޔާ
މި 15 ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އެމްޑަބްލިއުއެސްސީ އާއި ހަވާލިކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި މި މަޝްރޫއުތަތަކަކީ އެއް އަހަރުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް 4 އަހަރަށް ބަހާލައިގެން ފައިސާ
ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.
ހިޔާލު
އއ ފެލިދޫ ކިޔާ ރަށެއް ނޯންނާނެއެވެ.