އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އަށް ވޯޓު ދީފިން ހެއްޔެވެ؟
މި ޖެލެންޖުގެި ކުއާޓާ ފައިނަލުގައި ދަގަނޑޭ ވާދަކުރަނީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާއެވެ. ރާއްޖޭގައި އަޝްފާގަށް އޮތް ލޯބި މިޗެލެންޖުގައި ހާމަވެގެންދާއިރު، ދިވެހިންނަކީ މިފަދަ ކަންކަމުގައި ޖޯޝުގައި ނުކުތްނަ ކެރޭ ބައެއްކަން މިހާރުވެސްވަނީ ސާބިތުކޮށްދީފައެވެ.
ކުއާޓާރ ފައިނަލާއި ހަމައަށްވެސް ދަގަނޑޭ ގެނެސްދީފައިވަނީ ދިވެހިންގެ ހިތްވަރުންނެވެ. މިހާރުވެސް ކުރީގައި އޮތް ދަގަނޑޭ އަނެއް ބުރަށް ގެންދިއުމަށް ހަމަ ކޮންމެ ދިވެއްސަކުވެސް މިވަގުތު މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި މިޗެލެންޖު ނިމެންދެން މިޖޯޝާއި ފޯރީގައި ދިވެހީން ސާބިތުކަމާއެކު ހުރެ، ދިވެހިރާއްޖޭގެ ރީތިނަމާ، ދިވެހީންގެ ފަޚުރާ، ދިވެހި ދަރިއަކަށް މި އުފާ ހޯދައި ދިނުމަކީ، ދިވެހި ކޮންމެ ރައްޔިތަކުވެސް މަސައްކަތް ފަށަމާ ހިނގާށެވެ.
އެމީހަކަށް ވީވަރަކުން ދަގަނޑޭއަށް ވޯޓު އިތުރުކުރުމަށް ކުރެވެން އޮތް މަސައްކަތްތެއް ކުރަމާ ހިނގާށެވެ. އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން " އޭއެފްސީގެ ވެބްސައިޓް " މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާއެވެ. ދަގަނޑޭ މި ހިސާބަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. ދަނގަޑޭވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ.
ނޮވެމްބަރު 16 (މާދަމާ) ގެ 13:00 ޖެހުމާއި ހަމައަށް ވޯޓުދިނުމުގެ ފުރުޞަތު އޭއެފްސީންވަނީ ހުޅުވާލައިފައެވެ.



