މިރޭވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ކ. އަތޮޅުން އައްޑޫ ސިޓީއަށްވަނީ ވައިޓް އެލާރޓްނެރެފައެވެ. މިރޭގެ 08:30 އިން މިރޭގެ ދަންވަރު 01:30 އަށް ނެރެފައިވާ މި ވައިޓް އެލާރޓްގައި މެޓް އޮފީހުން ބުނީ، އެލާރޓް ނެރެފައިވާ ގަޑިތަކުގައި މިސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްތަކެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި މެޓް އޮފީހުންވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެލާރޓް ނެރެފައެވެ.
Alert White for Heavy rain pic.twitter.com/jaZRnfwmi7
— Maldives Meteorology (@MetMaldives) November 15, 2020
ކުރިއަށްއޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާާއިރު ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.




