ހޯރަފުށީ އެއާރޕޯޓް / ފޮޓޯ:ޕީއެސްއެމް

ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްޤީކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރުގައެވެ. ޓެސްޓް ފުލައިޓްގައި ފުރަތަމަ ވަޑައިގެންނެވީ، މި އެއަރޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންނެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެއެވެ.

ހޯރަފުށީ އެއާޕޯޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. މި މަސްރޫއަކީ ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގަންފެށި މަސްރޫޢެކެވެ.

ހޯރަފުށީ އެއާރޕޯޓް / ފޮޓޯ: ރާއްޖެ ޓީވީ

މި މަޝްރޫޢުގެ ދަށުން، 37،425 އަކަމީޓަރުގެ ރަންވޭއެއް އަޅައި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅައި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކޮށްފައިވެއެވެ.

އެ އެއަރޕޯޓް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ