އަލްހަމްދުލިﷲ، ޕޯލް ކާމިޔާބުކޮށް ދަގަނޑޭ ސެމީއަށް!

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގުގެ ކުއާޓާ ފައިނަލް ކާމިޔާބުކޮށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ)، ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ދަގަނޑޭ ބައްދަލުކުރީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެ ގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާއެވެ.

އެ ކުޅުންތެރިއާ އާއި ވާދަކޮށް ދަގަނޑޭ ކުރިހޯދާފައިވަނީ 51.45 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ރާއްޖޭގައި އަޝްފާގަށް އޮތް ލޯބި މިޗެލެންޖުގައި ހާމަވެގެންދާއިރު، ދިވެހިންނަކީ މިފަދަ ކަންކަމުގައި ޖޯޝުގައި ނުކުތްނަ ކެރޭ ބައެއްކަން މިހާރުވެސްވަނީ ސާބިތުކޮށްދީފައެވެ.

މި ކާމިޔާބީ ފާހަގަކޮށް ދަގަނޑޭ އޭނާގެ ފޭސްބުކް ފޭޖްގައި ބުނެފައިވަނީ، މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން ދަގަނޑޭ އާއެކު ތިބުމަކީ ނުހަނު އުފާ ކުރާކަމެއް ކަމަށް ބުނެފައިވެއެވެ.

 

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ.

ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާއެވެ. ދަގަނޑޭ މި ހިސާބަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. ދަނގަޑޭވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ