ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު" ގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.
ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
މި ގަވާއިދަށް ޚިޔާލު ހުށަހެޅުއްވުމަށް މިއިޢުލާނާއެކު ޝާއިޢުކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރުމަށްވެސް އެމިނިސްޓްރީންވަނީ އެދިފައެވެ އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3339242، 3339209 އަދި 3339208 ނަންބަރު ފޯނަށް ގުޅުމަށްވެސް މިއިޢުލާނުގައި އެދިފައިވެއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤަވާއިދު (ޑްރާޕްޓް)
ޚަބަރު: މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ



