މޫސުން ތަން ނުދިނުމުގެ ސަބަބުން ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުން ލަސްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހޯރަފުށި އެއާޕޯޓް ރަސްމީކޮށް ހުޅުވުން، މޫސުން ތަން ނުދިނުމުގެ ސަބަބުން ލަސް ކުރެވިފައިވާ ކަން ހާމަކުރައްވާފައެވެ.
މި ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްޤީ ކޮށްފައިވާ އެއަރޕޯޓް ހުޅުވުމަށް ކުރިން ހަމަޖައްސާފައި ވަނީ މިއަދުއެވެ. އަދި އިއްޔެ ވަނީ އެ އެއާރޕޯޓަށް ޓެސްޓް ފުލައިޓްވެސް ޖައްސާފައެވެ.
ހއ.ހޯރަފުށި އެއާޕޯޓް ރަސްމީކޮށް ހުޅުވުން، މޫސުން ތަން ނުދިނުމުގެ ސަބަބުން ލަސް ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަން.
— Ministry of Transport and Civil Aviation (@MoTCAmv) November 17, 2020
މި ޓެސްޓް ފުލައިޓްގައި ވަނީ އެއަރޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންވެސް ވަޑައިގެންފައެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެއެވެ.
އެއަރޕޯޓް ހުޅުވުން ލަސްކޮސްފައިވާއިރު، ހއ އަތޮޅުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުން ގޯސްވެ ޔެލޯ އެލާޓްނެރެފައެވެ. އަދި އުތުރުގެ ރައްތަކަށް އަންނަނީ މެދު ނުކެނޑި ވާރޭ ވެހެމުންނެވެ.
އެއަރޕޯޓް އެޅުމަށް ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.



