ނޭމާގެ ވީޑިއޯ ޕޮލިހުން ތަޙުޤީގުކުރަނީ

ބްރެޒިލް އަންހެނަކު ރޭޕްކުރި ކަމުގެ ތުޙުމަތު އެޅިފައިވާ ނޭމާ އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށް އިންސްޓަގްރާމްގައި ޢާންމުކުރި ވީޑިއޯ ޕޮލިހުން ތަޙުޤީގުކުރަން ފަށައިފިއެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާއަށް ރޭޕްގެ ތުޙުމަތުކޮށް މައްސަލަ ހުށައަޅާފައިވަނީ މިދިޔަމަހުއެވެ. ހުކުރު ދުވަހު ހުށައެޅު މިމައްސަލާގައި ކުށެއްނެތްކަން ސާބިތުކުރުމަށް ނޭމާވަނީ 7 މިނަޓްގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ޢާންމުކޮށްފައެވެ.

އިންސްޓަގްރާމްގައި ޢާންމުކުރި މިވިޑިއޯ އިންސްޓަގްރާމްގެ ޤަވާޢިދުތަކަށް ނުފެތޭކަމަށްބުނެ އެސައިޓުން މިވީޑިއޯ މިހާރުވަނީ ނަގާފައެވެ.

ބްރެޒިލްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ނޭމާގެ ބައްޕަ ނޭމާ ދިފާޢުކޮށްވަނީ ވާހަކަ ދައްކާފައެވެ. އަދި ނޭމާ ޢާންމުކުރީ ވީޑިއޯނެގީ ނޭމާ ނޫންކަމަށާއި ނަމަވެސް އެއީ ސައިޓްގެ ޤަވާޢިދުތަކަށް ނުފެތޭ ކަމަށްބުނެ އިންސްޓަގްރާމްއިން ކުރި ކަމެއްކަމަށްވަނީ ބުނެފައެވެ.

https://youtu.be/K3t8wcQzHGg

ކޮޕާ އެމެރިކާ ބޯމަތިވެފައި އޮތްއިރު ބްރެޒިލް ޓީމުން ބޭނުންވަނީ މިމައްސަލަ ވީހާވެސް އަވަހަށް ނިމި ނޭމާ ފުރިހަމައަށް ތައްޔާރުވެ ކޮޕާ އެމެރިކާއާއި ކުރިމަތިލުމަށެވެ. އަދި ޓްރެއިނިންއިން ނޭމާ ބޭނުންވާ ކޮންމެ ވަގުތަކު ރިލީޒް ލިބޭނެކަމަށްވެސް ބްރެޒިލް ޓީމުގެ ކޯޑިނޭޓަރުވަނީ ބުނެފައެވެ.

އުމުރުން 27 އަހަރުގެ ނޭމާއާ ގުޅޭގޮތުން ހުށަހެޅުނު ރޭޕްގެ މައްސަލައިވާ ގޮތުން ނޭމާއާ އެ އަންހެން މީހާއާ ދިމާވީ އިންސްޓަގްރާމުންނެވެ. އަދި ނޭމާ އެ އަންހެން މީހާ ޕެރިހަށް އައުމަށް ޓިކެޓް ނަގައިދިނުމަށް ފަހު އެ ދެ މީހުން ބައްދަލުކުރީ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގައެވެ. މިދިޔަ މަހު 15 ވަނަ ދުވަހު ނޭމާ އެ އަންހެން މީހާއާ ބައްދަލުކުރަން ހޮޓަލަށް ދިޔައިރު ހުރީ މަސްތުގެ ހާލުގައި ކަމަށާއި ނޭމާ ވަނީ އެ ބައްދަލުވުމުގައި އެ އަންހެން މީހާ ރޭޕްކޮށްފައިކަމަށް އެ މައްސަލައިގައިވެއެވެ.

ބްރެޒިލްގެ ޕޮލިހުން މިހާރު ރޭޕްގެ މިމައްސަލަ އަންނަނީ ތަޙުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ