ބެލޮންޑިއޯ މަތިން ހަނދާން ނައްތާލިތާ އެތަށް ދުވަހެއް ވެއްޖެ: ނޭމާ

ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑްކަމަށްވާ ބެލޮންޑިއޯ އެވާޑާއި ދޭތެރޭ ނުވިސްނާކަމަށާއި، އެ އެވޯޑު މަތިން ހަނދާން ނައްތާލިތާ އެތަކެއް ދުވަހެއް މިހާރު ވެއްޖެކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނޭމާ ބުނީ، ޕީއެސްޖީގައި ހުރީ ވަރަށް އުފަލުންކަމަށާއި، ބެލޮންޑިއޯ ފަދަ އިންޑިވިޖުއަލް އެވޯޑު ތަކާމެދު އޭނާ މިހާރު ނުވިސްނާކަމަށެވެ.

ނޭމާ ބުނި ގޮތުގައި އޭނާ މިހާރު ބޭނުންވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާށެވެ. އަދި ޕީއެސްޖީއާއި ގުޅުނުއިރު އެނާގެ ގޯލަކީވެސް އެކްލަބާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލުން ކަމުގައި ނޭމާ ބުންޏެވެ.

ނޭމާ ބުނީ މިދިޔަ ސީޒަންގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީ ކުޅެފައިވާއިރު، މިހާރުވެސް ޓީމު އަންނަނީ ތަރައްޤީވެ ވަރުގަދަވަމުންކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޤާބިލުކަށް ޕީއެސްޖީގައި އެބަހުރިކަމަށްވެސް އޭނާ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި މިރޭ ޕީއެސްޖީ ނުކުންނާނީ އިންގްލެންޑުގެ މެންޗެސްޓާރ ސިޓީއާއި ދެކޮޅަށެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އަނެއް މެޗު ރޭ ކުޅެފައިވާއިރު، ރެއަލްމެޑްރިޑާއި ޗެލްސީ ބައްދަލުކުރި މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއް ވަރުވެގެންނެވެ.

https://feshun.wonstasite.com/119715

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ