މެންޗެސްޓާރ ސިޓީ ހިފެހެއްޓުމަށްޓަކައި މަރުވާންވެސް ތައްޔާރަށް ހުރިކަމަށް ޕީއެސްޖީގެ ނޭމާ ބުނެފިއެވެ.
ސިޓީ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ނޭމާ ބުނީ، ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަކީ އުދަނގޫ މެޗެއްކަމަށާއި، ނަމަވެސް ނަތީޖާ ޕީއެސްޖީ ކޮޅަށް އަނބުރާލެވޭނެކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ.
އަދި ސަޕޯޓަރުންގެ ވިސްނުންވެސް އެގޮތަށް ޤަބޫލުކުރަން ޖެހޭކަމަށްވެސް ނޭމާ ބުންޏެވެ.
މިމެޗަކީ ވަރުގަދަ ހަނގުރާމައެއްކަން ސިފަކޮށް ނޭމާ ބުނީ، ބަޠަލެއްގެ ގޮތުގައި މިހަނގުރާމާއިގެ އެންމެ ކުރީގައި ހުންނާނީ އޭނާ ކަމަށާއި، ޕީއެސްޖީ ފައިނަލަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ ފުރިހަމައަށް ކުރާނެކަމަށެވެ.
"ދަނޑުމަތީ މަރުވާންވެސް މިހުރީ ތައްޔާރަށް." ނޭމާ ބުންޏެވެ.
މިރޭގެ މެޗު އެމްބާޕޭއަށް ނުކުޅެވިދާނެކަމުގެ ބިރު އޮތްއިރު، މިމެޗުގައި ޕީއެސްޖީި ނަގައިކިޔާނެ ކުޅުންތެރިޔަކީ ނޭމާއެވެ.
ސިޓީއާއި ދެކޮޅަށް ކުޅުނު މިމެޗުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ ފަހަތުން އަރައެވެ. ޕީއެސްޖީގައި ކުޅުނު އެމެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. އަވޭ ދެ ގޯލާއެކު ސިޓީން އެމެޗުން މޮޅުވެފައިވާއިރު، ސިޓީގައި ކުޅެވޭ މިރޭގެ މެޗުގައި ޕީއެސްޖީން މަދުވެގެން ދެ ލަނޑު ޖަހަން ޖެހެއެވެ.
ފޯރިގަދަ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.
https://feshun.wonstasite.com/119794




