ގދ. ތިނަދޫ

ތިނަދޫގައި މީހަކު ރަހީނު ކޮށްފި

ގދ. ތިނަދޫގައި މީހަކު ރަހީނު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ގދ. ތިނަދޫގައި މީހަކު ރަހީނުކުރި މައްސަލައެއް މިއަދު ހަވީރު05:00 ހާއިރު ހުށަހެޅިފައިވާކަމަށާއި، އަދި މިމައްސަލައާއި ގުޅިގެން ފުލުހުން ހިންގ އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވާކަމަށެވެ.

އަދި މިމައްސަލައިގެ ތުޙުމަތުގައި4 ދިވެހިން ޙައްޔަރުކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޙައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 38 އަހަރުގެ މީހަކާއި 27 އަހަރު މީހެއްގެ އިތުރުން 45 އަހަރު އަދި 52 އަހަރުގެ މީހެކެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ