ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ރީތިކޮށް ހުންނަ މަސައްކަތް ކުރާގޮތް ކޮޕީކޮށް އެމީހުން ފޮލޯ ކުރުމަކީ ފޭނުން އަބަދުވެސް ކުރާކަމެކެވެ. އެމީހުންގެ ސިއްހަތާއި ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ކުރާކަންކަން ފޭނުން ބަލަން ބޭނުންވާނެއެވެ.
އެގޮތުން ކާޑޭޝިއަން-ޖެނާ ފެމެލީގެ އެންމެ މަޝްހޫރު މޮޑެލް ކެންޑަލް ޖެނާއަކީވެސް އޭނަގެ ފަހަތުގައި އޭނަގެ ފިޔަވަޅުތައް ބަލަމުން އެތައް ފޭނުންނަށް ފޮލޯ ކުރާ ސެލެބްރިޓީއެކެވެ. އަދި ކެންޑަލް މިވަނީ އޭނާ އަމިއްލަ އަށް ތައްޔާރުކުރާ ފޭސްމާސްކްގެ ރެސިޕީ "ވޯގް" މެގެޒިންއަށް ދިން އިންޓަވިއުއެއްގައި ފޭނުންނާއި ހިއްސާކޮށްފައެވެ.
ކެންޑަލްގެ މޫނު ރީތިކޮށް ބެހެއްޓުމަށްޓަކައި އޭނާ ގޭގައި އަމިއްލައަށް ތައްޔާރުކުރާ ފޭސް މާސްކްއަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ. އަދި މި ފޭސްމާސްކް ހެދުމަށް މާ ގިނަ ސާމާނުތަކެއްވެސް ބޭނުމެއްނުވެއެވެ.
ކެންޑަލް ގޭގައި އަމިއްލައަށް ތައްޔާރުކުރާ ފޭސްމާސްކަށް ބޭނުންވަނީ އެވެކާޑޯ، އޯޓްމީލް، އަދި މާމުއިގެ އިތުރުން ކުޑަ ލެވެންޑަރ ތެޔޮ ފޮދެކެވެ. ކެންޑަލް ކިޔައިދިން ގޮތުގައި މި ފޭސްމާސްކް ތައްޔާރުކުރާނީ، ތައްޓެއްގެ ތެރެއަށް އެވެކާޑޯއާއެކު އޯޓް މީލް މިކްސްކުރުމަށްފަހު މާމުއި އާއި ލެވެންޑަރ ތެޔޮ އެއްކޮށްގެންނެވެ.
ކެންޑަލް ބުނިގޮތުގައި، މި ފޭސްމާސްކަކީ، މޫނުގެ ހަންގަނޑު ތެޔޮވުމުން ދުރުކޮށްދީ މޫނު އިތުރަށް އަލިވެގެންދާނެ ފޭސްމާސްކެއްކަމަށެވެ.
އެވެކާޑޯއަކީ، މޫނުގެ ހަންގަނޑަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އެގޮތުން އަވީގެ ދޯދިން ހަންގަނޑު ސަލާމާތް ކޮށްދިނުމަށް އެހީވެދެއެވެ.
ހިޔާލު
Meega liquefaction oiy ehcheh kiyaakah neygunu