ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 12 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
ނަން އަނބުރާ ގެނެސްފައިވާ ކެނޑިޑޭޓުންގެ ތެރޭގައި ގިނައީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. އެގޮތުން އެންޑީޕީގެ 8 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު ޕީޕީއެމްގެ 4 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. މީގެ އިތުރުން ނަން އަނބުރާ ގެންގޮސްފައިވަނީ ޖުމްހޫރީ ޕާޓީގެ 1 ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ 2 ކެނޑިޑޭޓުންނެވެ.
ކޮވިޑް-19އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިދޔަ އަންގާރަ ދުވަހު ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހެއެވެ.



