ރައީސް ނަޝީދު ބާޖަމާލުއްދީނަށް ވަޑައިގަތުން | ފޮޓޯ: ސަން

އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އިދާރާއަށް ވަދެވިގެން ނުވާނެ: ރައީސް ނަޝީދު

އޮފިޝަލުން ނޫން އެއްވެސް މީހަކަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ އިދާރާއަށް ވަދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބާ ބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީނު ކުރިމަތީ މިއަދު ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު ރައިސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު އެސަރަހައްދަށް ދާންޖެހުނީ ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީ އިދާރާގެ ތެރެއަށް ވަދެވަޑައިގަނެ، 30 މިނެޓު ވީއިރުވެސް ނުނުކުންނެވުމުން ކަމަށެވެ.

"އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގަ" ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ނަތީޖާ ކަށަވަރު ކުރުމަށް މިއަދު 1:30ގައި ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން އޮތީ ނިންމާފަ އެވެ. އެކަން ކުރަން ހަމަޖެހިފައި އޮތީ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުގެ ރީރެޖިސްޓްރީ ހޯލުގަ އެވެ.

ވޯޓު ފޮށިތައް އަލުން ގުނަން އީސީ އިން ތައްޔާރުވަނިކޮށް، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި ތިބި މީހުން ހިތްހަމަނުޖެހި އިހުތިޖާޖު ކުރަން ފަށައިފައި ވެއެވެ. އަދި އިހުތިޖާޖު ކޮންޓުރޯލް ކުރުމަށް ފުލުހުން ޕެޕަސުޕްރޭ ބޭނުންކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ