އިންތިޚާބީ މަރުކަޒުގައި ހަމަނުޖެހުން ހިންގަމުން ދަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދަނިކޮށް އެސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން އެއްވެ ހަމަނުޖެހުން ހިންގަމުން އެބަދެއެވެ.

މިއަދު މެންދުރު ފަހު ބައެއް ދާއިރާތަކުގެ ވޯޓް ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް އިން އޮތީ ހަމަޖައްސާފައެވެ.

އެހެން ކަމުން އެ ސަރަހައްދަށް އިދިކޮޅު ފަރާތްތަކުން އެއްވެފައިވާއިރު، ރައީސް ނަޝީދުވެސް ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ. ރައީސް ނަޝީދު ވަޑައިގަތުމައި ގުޅިގެން އެސަރަހައްދަށް އެއްވެފައިވާ ފަރާތްތަކުން ވަނީ އަޑުގަދަކޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ވިދާޅުވެފައި ވަނީ ޓީ4 ގެ ވޯޓް ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ އިސްވެރިން ވޯޓް މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަކުރައްވާ ހެއްދެވުމުން އެމްޑީޕީގެ އިސް ވެރިންނަށްވެސް އެތަނަށް ދިއުމަށް މަޖުބޫރު ވީކަމަށެވެ.

"ޤާނޫނުގައިވާ ގޮތުން ވޯޓްގެ ކަންތައް ކުރިޔަށް ދިއުމުގެ ފުރުޞަތު ދިނުމަށް ޕީޕީއެމްއަށްވެސް ދަންނަވަން" އެމްޑީޕީ އިން ވިދާޅުވެފައިވެއެވެ.

ވޯޓް ގުނުމުގެ މަސައްކަތް ކުރަމުންދާ ތަނަށް މީޑިއާތައް ވަނުމުގެ ފުރުޞަތުވެސް ފުލުހުން ވަނީ ނުދީފައެވެ. މީގެ އިތުރުން އެސަރަހައްދަށް ޕެޕަރ ސްޕްރޭވެސް ފުލުހުން ވަނީ ޖަހާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ