ފޮޓޯ: ހޯރަފުށި ކައުންސިލް

ރައީސް މިއަދު ހޯރަފުއްޓަށް ވަޑައިގަންނަވަނީ

ހއ. ހޯރަފުށީގައި ތަރައްޤީކުރި އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ޒިޔާރަތްކުރައްވާނެއެވެ.

މީގެ ކުރިން ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއާޕޯޓް ހުޅުވުން ފަސްކުރީއެވެ.

ހޯރަފުށި އެއަރޕޯޓް ހުޅުވުމަށް ރައީސް ޞާލިޙް ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 13:00 ގައެވެ.

ހޯރަފުށި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. މި ޓެސްޓް ފުލައިޓްގައި ވަނީ އެއަރޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންވެސް ވަޑައިގެންފައެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޯރަފުށީ އެއަރޕޯޓަށް ގޮސްފައިވެއެވެ.

އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން އެއަރޕޯޓް އަޅާ ޓެސްޓް ފްލައިޓް ޖެއްސި އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓް ފާހަގަވެގެންދާއިރު މި މަޝްރޫއުއަށް 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. އަދި 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ