ސެމީ ފައިނަލްގެ ވޯޓް ލަނީ، ދަގަނޑޭއަށް ވޯޓް ދެމާ!

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގުގެ ސެމީފައިނަލްގެ ވޯޓް ލުން ފެށިއްޖެއެވެ.

ސެމީ ފައިނަލްގައި ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާޤު (ދަގަނޑޭ) ވާދަކުރަނީ ވިއެޓްނާމްގެ ގްޔެން ގުއެންގް ހައި އާއިއެވެ.

މި ޗެލެންޖްގެ ކުއާޓާގައި ދަގަނޑޭ ވާދަކޮށްފައި ވަނީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެ ގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާއެވެ. ކުއާޓާ ފައިނަލް ގައި ގުއެން ވެންކުއާގެ މައްޗަށް ދަގަނޑޭ ކުރި ހޯދީ 51.45 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް ފޯރު ގަދަ ކުޅިވަރެކެވެ. މި ކުޅިވަރުގެ ސަބަބުން މުޅި ޤައުމު އެއްގަލަކަށް އަރުވައެވެ. ދިވެހިންގެ ލޭ ކައްކުވާލައެވެ. ޖޯޝާއި ފޯރި، ޤައުމީ ލޮއެއްބާއި އެކުވެރިކަން ހިތުގައި އުފައްދައެވެ.

ދިވެހިންގެ މެދުގައި ދަގަނޑޭ ފާހަގަ ކުރެވެމުން ދަނީ މި ސަރަހައްދުގެ އެންމެ މޮޅު ފުޓް ބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ކަމުން މި ޗެލެންޖްގައިވެސް މުޅި ޤައުމު އެކުވެ ދިވެހިން ނިކުމެފައިވަނީ ދަނގަނޑޭއަށް ފުރިހަމަ ކާމިޔާބީއެއް ހޯދައި ދިނުމަށެވެ. މިކަން ދިވެހިން ވަނީ ކުއާޓާ ފައިނަލްގައިވެސް ދައްކުވައި ދީފައެވެ.

ހުރިހާ ދިވެހިންގެ އުންމީދަކީ ސެމީ ފައިނަލްގައިވެސް ދަނގަޑޭއަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިދިނުމެވެ. ސެމީ ފައިނަލްގައި ދަނގަޑޭއަށް ވޯޓް ލުމަށް އެންމެހާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ