ދަގަނޑޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދަގަނޑޭ މިވަގުތު ހުރީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ޓްރެއިނިން ކޭމެޕެއް ފުރިހަމަކުރަމުންނެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކުން ޔަޤީންކޮށްދީފަިއވާއިރު، ދުބާއީއަށް ފުރުމުގެ އެއް ހަފްތާކުރިން ރާއްޖޭގައި ހުރިއިރު އޭނަގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މީގެ ކުރިން އޭނާ ވަނީ ގައުމީ ޓީމުގެ ކޭމްޕުން ވަކިވެފައެވެ. ނަމަވެސް އަންހެނުންގެ ޓެސްޓް ނެގެޓިވްވުމާއި ގުޅިގެން އޭޏާ ވަނީ އަލުން ސްކޮޑާއި ގުޅިފައެވެ.

އަޝްފާގް ބުނީ، ދުބާއީގަައި އިއްޔެ އޭނަގެ ޕީސީއާރު އަދި ބްލަޑް ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އަޝްފާގު ބުންޏެވެ.

ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކުގައި ގައުމީ ޓީމާއެކު އޭނާއަށް ބައިވެރިނުވެވޭނެ ކަމަށް އަޝްފާގު ވަނީ ބުނެފައެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޝްފާގު ވަނީ ކާމިޔާބީއަށް އެދިފައެވެ.

މިމަހު ސެންޓްރަަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ނުކުތުމުގެ ކުރިން ކުރު ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމުގެ ގޮތުން ގައުމީ ޓީމު ދުބާއީ އަށް ފުރީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ