ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

އަންހެނަކު ރަހީނުކުރި މައްސަލާގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރު ކޮއްފި

މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށްއައި އަންހެން މީހާ، ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރު ކޮއްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު އިއްޔެ ހައްޔަރު ކުރެވިފައިވާ ކަމަށާއި، މި މައްސަލައާއި ގުޅިގެން 3 ނޮވެމްބަރު 2020 ވަނަ ދުވަހު ހައްޔަރު ކުރެވުނު އުމުރުން 31 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިއްޔެވަނީ ދެވަނަފަހަރަށް އިތުރުކޮއްފައި ކަމަށެވެ. އަދި އޭނާގެ ބަންދައް ކޯޓުން އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، 33 އަހަރުގެ ޝިރުމީނާ އަބޫބަކުރު ގެއްލިގެން ހޯދަން ފަށާފައިވަނީ، މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެދުވަހުގެ ރޭ 22:45 ގައެވެ. އަދި ޝިރުމީނާ ފެނިފައިވަނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ، ގެއްލިގެން ހޯދަމުންދަނިކޮށް ޝިރުމީނާ ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގައި ބްލެކް މެއިލް ކޮށްގެން ފައިސާ އަތުލާފައިވާކަމަށް ބެލެވިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ