އަފްގާނިސްތާނުގައި އޮސްޓްރޭލިއާ ސިފައިންވަނީ ހަނގުރާމައިގެ ޖަރީމާ ހިނގައިފައި: ރިޕޯޓް

އަފްގާނިސްތާނުގައި 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ހަރަކާތްތެރިވި އޮސްޓްރޭލިއާ ސިފައިން އެގައުމުގައި ހަނގުރާމައިގެ ޖަރީމާ ހިނގައިފައިވާކަން އޮސްޓްރޭލިއާގެ ޑިފެންސް ފޯސްއިން ނެރުނު ރިޕޯޓުން ދައްކައިފިއެވެ.

ހަތަރު އަހަރު ދުވަހުގެ ތަހުގީގަކަށްފަހު އޮސްޓްރޭލިއާގެ ޑިފެންސް ފޯސްއިން ނެރުނު ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްގާނިސްތާނުގައި ހަރަކާތްތެރިވި އޮސްޓްރޭލިއާ ސިފައިންވަނީ ހަނގުރާމައާއި ގުޅުންނެތް 39 މީހުންނަށް ހަމަލާދީ މަރާލައިފައެވެ. މަރާލި މީހުންގެ ތެރޭގައި ދަނޑުވެރިންނާ، ގައިދީންނާއި، އަދި އާމުން ހިމެނެއެވެ.

މި ރިޕޯޓް އެކުލަވާލުމަށް 400 އަށްވުރެ ގިނަމީހުންގެ ބަސްތީގަތުން ހޯދައިފައިވާއިރު ޖަރީމާ ހިނގި ކަމުގެ ތުހުމަތުގައި އޮސްޓްރޭލިއާ ސިފައިންގެ 19 މީހެއްގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

އޮސްޓްރޭލިއާގެ ސިފައިން އަންނަނީ 2002 ވަނަ އަހަރުން ފެށިގެން އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންނެވެ. އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ސިފައިންގެ މައިގަނޑު މަސައްކަތަކީ އަފްގާނިސްތާނުގެ ސިފައިން ތަމްރީން ކުރުން ނަމަވެސް، ބޭރުން ގައުމަށް އައިސްފައިވާ ސިފައިންވަނީ ހަނގުރާމައިގައިވެސް ބައިވެރި ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ