ސިރަޕް ޗެލެންޖް ކަޕް 2019 މިރޭ ފަށަނީ

ސޮސައިޓީ ފޯރ ޔޫތް ރިކްރިއޭޓިންގ ޔޫނިއަން އޮފް ޕެޓްރިއޮޓްސް (ސިރަޕް) ގެ ފަރާތުން އިންތިޒާމުކޮއްގެން ބާއްވާ ސިރަޕް ޗެލެންޖް ޗަޕް މިރޭ ފާށާނެއެވެ.

ސިރަޕް ޗެލެންޖް ކަޕަކީ ފިތުރު ޢީދާ ދިމަކޮށް މުޅިން ތަފާތު ގޮތަކަށްބާއްވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ ކޮންމެ މެޗެއްގައިވެސް ކުޅޭނީ 15 މިނިޓްގެ އެއް ހާފެވެ. މެޗެއްގައި ޓީމަކުން ލަނޑެއް ޖަހައިފިނަމަ އިދިކޮޅުޓީމުގެ ކުޅުންތެރިއަކު ދަނޑުން ފައިބަންޖެހޭނެއެވެ. އަދި ފާހަގަކޮއްލެވޭ އަނެއްކަމަކީ މުބާރާތުގައި ބޭނުންކުރާ ވަށް ގޯލެވެ. ބިމުން ފެށިގެން އެއް ފޫޓު މަތީގައި ހުންން މިގޯލުގެ ޑަޔަމީޓަރ ގައި ހުންނާނީ 28 އިންޗިއެވެ.

މިރޭ 8:30 ގައި މަނަދޫ ފުޓްސަލްދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމަލް 10 ޓީމު ވާދަކުރެއެވެ. މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތަށް އޮންނާނީ 4, 5 އަދި 6 ޖޫންގައެވެ. ސެމީފައިނަލްގެ މެޗުތަށް އޮންނާނީ ޖޫން 6 ގައެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖޫން 7 ވާ ހުކުރުދުވަހުއެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަށް:

ގުރޫޕް އޭ

  • ޖޭޓީ ގޯޅިގަނޑު
  • ފްލައިން ލިޒަޑް
  • ފިއުރިއަސް
  • ޖޭޓީ ގޯޅި
  • ޓީމް ވައިޑް

ގުރޫޕް ބީ

  • އޭ.ޑަބްލިއު.އެމް
  • އެލައިވް
  • ކަންމަތި ޕްރައިޑްސް
  • ޗެސްޓަރ ޔުނައިޓެޑް
  • މަނަދޫ ޕޮލިސް

މިމުބާރާތުގައި ހޮވާވަނަތަކުގެ ތެރޭގައިވެސް ތަފާތު ނަންތަކެށް ފާހަގަކޮއްލެވެއެވެ. އެގޮތުން އޭސް އޮފް ދަ ޗެލެންޖް (މެޗުގެ މޮޅުކުޅުންތެރިޔާ)، ކިންގް އޮފް އެރީނާ (މުބާރާތުގެ މޮޅު ކުޅުންތެރިޔާ)، ގޯލްޑަން ރިންގަރ (ޓޮޕް ސްކޯރަރ)، ވައިސް ވޭލަރ (ރަނަރ އަޕް ޓީމް) އަދި ކޮންކުރަރ (ޗެމްޕިއަން ޓީމް) ހިމެނެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ، އެލް-ސްޕީޑް، ހޯޕް ޓްރެވަލްސް، އާރތް ފިއުލްސް އަދި ނިއު ވިއު އާއި އެލް މޮބައިލްގެ އިތުރުން ސޮނީ ސްޕޯރޓްސްއެވެ. އަދި މީޑިއާ ޕާޓްނަރަކީ އޮންލައިން ނޫސް "ފެށުން" އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ