ހއ. ބާރަށުގައި ފާހާނާ ސާފުކުރާ ފުޅިއެއް ބޮއެގެން ހާލުދެރެވި ޒުވާނަކު ނިޔާވެއްޖެއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވާނި އެރަށު އުމުރުން 22 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ނިޔާވެފައިވާނި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުއެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލު އަދި ލިބޭގޮތް ވަނީ ނުވެފައެވެ.
މައުލޫމާތު ލިބޭގޮތުގައި، ސާފު ފުޅިއެއްކަމަށް ބެލެވޭ އެއްޗެއް ބޮއެގެން ބާރަށު ސިއްޙީ މަރުކަޒަށް މި މީހާ ގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ.
ބާރަށުގައި މީގެ ކުރިން ވަނީ، 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ފަޅުގެއެއްގެ ތެރެއިން ނިޔާވެފައި އޮށްވާ ފެނިފައެވެ. މި ކުއްޖާ ނިޔާވެފައި އޮށްވާ ފެނިފައި ވަނީ އަތިރިއަށް ކުނި އުކާލަން ދިޔަ އަންހެނަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ހާދިސާއާއި ގުޅޭގޮތުން ކައުންސިލުން ކުރިން ބުނެފައިވަނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
ބާރަށުން މިއަދު މީހަކު ނިޔާވެފައިވާއިރު، ހދ. ވައިކަރަދޫ ގޮނޑުދޮށުންވެސް މިއަދު ވަނީ މީހަކު ނިޔާވެފައި އޮއްވާ ފެނިފައެވެ.
ހިޔާލު
އަތިރިއަށް ކުނި އަޅަން ތި ދަނީ ކަލޭ އައްޕަ ހަރުމުދާ ތަ؟