އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެއްޖެ

އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެއްޖެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯރޓް ކޮށްފިއެވެ.

ރިޕޯރޓްތައް ބުނާ ގޮތުން އޭނާ މަރުވެފައިވަނީ ޤުދުރަތީ މަރަކުންނެވެ. އައިމަން އަލް ޒަވާހިރީ މަރުވީ ދިމާވި ނޭވާ ހިއްލުމުގެ މައްސަލައަށް އެކަށީގެންވާ ފަރުވާ ނުލިބިގެންކަމަށްވެސް މީޑިއާ ރިޕޯރޓްތައް ބުނެއެވެ. ރިޕޯރޓްތައް ބުނާ ގޮތުން އަލް ޒަވާހިރީ މަރުވެފައިވަނީ އަފްޣާނިސްތާނުގައެވެ.

މިސްރަށް އުފަން އައިމަން އަލް ޒަވާހިރީ 2011 ވަނަ އަހަރު އަލްޤައިދާގެ ލީޑަރުކަމާއި ޙަވާލުވެފައިވަނީ ކުރީގެ ލީޑަރު އޮސާމާ ބިން ލާދިން މަރުވުމާއި ގުޅިގެންނެވެ. އައިމަން އަލް ޒަވާހިރީއަކީ ޑޮކްޓަރެކެވެ.

އަލް ޒަވާހިރީ މަރުވިކަން އަދި އެއްވެސް މީޑިއާއަކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އުމުރުން 69 އަހަރުގެ އަލް ޒަވާހިރީ އެންމެފަހުން ފެނިފައިވަނީ މީގެ ދެމަހެއްހާ ކުރިން 9/11 ހަމަލާއަށް ނަވާރަ އަހަރު ފުރުމާއި ގުޅިގެން ދީފައިވާ ވީޑިއޯ މެސެޖެއްގައެވެ.

މީގެއިތުރުން ބައެއް ރިޕޯރޓްތައް ބުނާގޮތުން އަލް ޒަވާހިރީވަނީ މީގެ މަހެއްހާ ދުވަސްކުރިން މަރުވެފައެވެ. އަދި އޭނާ މަރުވެފައިވަނީ ޤުދުރަތީ މަރަކުންކަމަށާއި، މަރުވި ޚަބަރު އަލް ޒަވާހިރީގެ އަރިސް މީހުންގެ ތެރޭ ފެތެރުމުން އައިސް މިއަދު މީޑިއާއަށް ތިލަވީކަމަށްވެސް އެރިޕޯރޓްތަކުގައިވެއެވެ.

އަލްޤައިިދާއިންވެސް ލީޑަރު އައިމަން އަލް ޒަވާހިރީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ