މެސީގެ ކެރިއާ ނިންމާލަން އެދެނީ ބާސެލޯނާގައި: ގާޑިއޯލާ

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއާ ނިންމާލަން އެދެނީ ބާސެލޯނާގައި ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިތުރު ދެއަހަރުދުވަހުގެ މުއްދަތަށް މެންޗެސްޓާ ސިޓީގެ ކޯޗު ކަމުގައި ހުރުމަށް ކޮންޓްރެކްޓުގައި ސޮއިކޮށް ދެއްކި ވާހަކައިގައި ގާޑިއޯލާ ބުނީ، މެސީއަކީ ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށާއި މިވާހަކަ އެތައްހާސް ފަހަރަކު މިހާރު ބުނެފައިވާނޭ ކަމަށެވެ. އަދި ފޭން އެއްގެ ގޮތުން އެދެނީ މެސީގެ ކެރިއާ އެއްކޮށް ބާސެލޯނާގައި ހޭދަކުރުމަށެވެ.

މެސީ ބާސެލޯނާއާއެކު ވެފައިވާ އެއްބަސްވުން މިއަންނަ ހޫނުމޫސުމުގައި ހަމަވާއިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސުޕެއިނުން ބޭރުގެ ކޮންމެ ކުލަބަކާއެކުވެސް އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާ އާއި އަދި އާރޖެންޓީނާ ގައުމީޓީމުގެ ކެޕްޓަން މެސީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ދާން ބޭނުންވާކަން ބާސެލޯނާއަށް އަންގައިފައި ވެއެވެ. ނަމަވެސް ބާސެލޯނާއާއެކު މެސީވެފައިވާ އެއްބަސްވުމުގެ ސަބަބުން ކުލަބު ދޫކޮށް ދެވޭގޮތް ވެފައި ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަރުމަނުގެ ޕީއެސްޖީއިން އަންނަނީ މެސީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބާސެލޯނާއިން އަދި ހުރީ މެސީ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ