ފޮޓޯ: ފޭސްބުކް

ޒަކިއްޓެގެ "ލައިފްގަ އަންނާނެ އަޕްސް އެންޑް ޑައުންސް" އަޑުއަހައިފިންތަ!

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންއިން، އާއްމުންގެ ތެރެއަށް ތަޢާރަފްވި ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ)ގެ އާ ލަވައެއް މިވަނީ ރިލީޒްކޮށްފައެވެ. ޒަކިއްޓެ މިފަހަރު ނެރެފައިވާ މި ލަވައަކީ ވަރަށްވެސް ތަފާތު ލަވައެކެވެ.

މި މަހުގެ 19ގައި ފާހަގަކުރި ދުނިޔޭގެ ފިރިހެނުންގެ ދުވަހާއި ގުޅުވައިގެން ޒަކިއްޓެ ކިޔާފައިވާ މި ލަވައިގެ ނަމަކީ، "ލައިފްގަ އަންނާނެ އަޕްސް އެންޑް ޑައުންސް"އެވެ.

ތަފާތު ލިރިކްސްއެއް ހިމެނޭ މި ލަވައަކީ، ޒަކިއްޓެގެ ފަރާތުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހުރި ފިރިހެނުންނަށް ދޭ ހަދިޔާއެއް ކަމަށް ޒަކިއްޓެ ބުނެފައިވެއެވެ.

ދުނިޔެއަކީ އިމްތިހާނެއްކަމަށް ސިފަކޮށް ކިޔާފައިވާ އެކޯސްޓިކް މި ލަވައަކީ، ޒަކިއްޓެގެ އަންނަން އުޅޭ އަލްބަމް "11:11"ގައި ހިމަނާނެ ލަވައެއްކަމަށް ޒަކިއްޓެ ބުނެފައިވެއެވެ.

މި ލަވައިގެ ލިރިކްސް އަދި މެލޮޑީ ހަދާފައިވަނީ، ޒަކިއްޓެގެ އިތުރުން، ޒޯލޯ، ޝާޔާ، އައްވާ އަދި ނާންނައެވެ. އަދި ޕްރޮޑަކްޝަން އާއި މިކްސްޑައުންގެ މަސައްކަތްކޯށްފައިވަނީ ޒޯލޯއެވެ.

މޯލްޑިވިއަން އައިޑަލްއަށްފަހު، ޒަކިއްޓެ ވަނީ އޭނެގެ ހުނަރު އެކްޓިންއިންވެސް ދައްކާފައެވެ. އެގޮތުން ޒަކިއްޓެގެ ފުރަތަމަ ފިލްމް، ޑާކް ރެއިންގެ 'ގޮށްރާޅު"ގައި ޒަކިއްޓެ އަދާކުރި ރޯލު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ