މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންއިން، އާއްމުންގެ ތެރެއަށް ތަޢާރަފްވި ލަވަކިޔުންތެރިޔާ، ހަސަން އިރުފާން(ޒަކިއްޓެ)، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަތަކަކީ އެހެން އާޓިސްޓުންގެ ކޮޕީއެއްކަމަށް ބުނުމުން، ގިނަ ދިވެހިންނެއް ވަނީ އެކަމާއި ރުޅިއައިސް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ޒަކިއްޓެ މިކަމާއި ގުޅިގެން އެންމެންގެ ކިބައިން މިވަނީ މާފަށް އެދިފައެވެ.
އަލީ ރަމީޒްގެ ލަވަތަކުގެ ތެރެއިން 80 އިންސައްތަ ލަވަތަކަކީ، އެހެން އާޓިސްޓުންގެ ލަވަތަކުން ކޮޕީ ކޮށްގެން އުފައްދާފައިވާ ލަވަތެކެކޭ ބުނެ، އިއްޔެ އޭނަގެ ފޭސްބުކްގައ ިސްޓޭޓަސް ޖެހުމާއެކު ހުރިހާ ދިވެހިނެއް ކަހަލަ ގޮތަށް ނުރުހުން ފާޅުކޮށް ޒަކިއްޓެއަށް ދިޔައީ ފާޑުކިޔަމުންނެވެ. މި މައްސަލަގަނޑު އިތުރަށް ގޯސްވެ ޒަކިއްޓެ އޭނަގެ ސޯޝަލްމީޑިއާ އެކައުންޓްތައް ވަނީ ޑީއެކްޓިވޭޓްވެސް ކޮށްލާފައެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އަލުން ފޭސްބުކް އަށް އެނބުރިއައިސް ޒަކިއްޓެ ވަނީ ދެއްކުނު ވާހަކަތަކަށް އެންމެންގެ ކިބައިން މާފަށް އެދިފައެވެ.
މާފަށް އެދި ހިއްސާކުރި ޕޯސްޓުގައި ޒަކިއްޓެ ބުނީ، އަލީ ރަމީޒުގެ ލަވަތަކަކީ ކޮޕީއެއް ކަމަށް ބުނެފައިވާ ވާހަކީއަކީ ގޯސް ވާހަކައެއް ކަމަށް ގަބޫލުނުކުރާކަމަށެވެ. އެހެން ނަމަވެސް އެއަށްފަހު އެ ވާހަކައާއި ގުޅިގެން އޭނާއަށް ދެއްކުނު ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އަދި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
އެހެން މީހުންގެ ހިޔާލުތަކަށް އިހްތިރާމްކުޑަކުރުމަކީ އޭނާ ގަސްދުގައި ކުރަން ބޭނުންވި ކަމެއް ނޫންކަމަށާއި، ނަމަވެސް އެގޮތަށް ކަންތައްކުރެވުނު ކަމަށް ޒަކިއްޓެ ވަނީ އެއްބަސްވެފައެވެ. އަދި އަމިއްލަ މިޔުޒިކް ކެރިއަޔާ އެހެން މީހެއްގެ ކެރިއާއާއި އަޅާކިޔުމަކީ ހެދުނުގޯހެއް ކަމަށް ފާހަގަކޮށް، މީގެ ފަހުން އެކަން އެގޮތަށް ނުކުރާނެކަމަށްވެސް ޒަކިއްޓެ ވަނީ ބުނެފައެވެ.
ދެއްކުނު ވާހަކަތަކަށާއި އެހެން މީހުންގެ އިހްސާސްތަކަކާއި މެދު އަމަލުކުރެވުނު ގޮތަށް މާފަށްއެދިފައިވާއިރު، ޒަކިއްޓެ ވަނީ އޭނައަށް ކުރެވުނު ކަންތަކަށް އެއްބަސްވެފައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން، އެހެން މީހުން އޭނާއަށާއި، އޭނަގެ އާއިލާ، ލޯބިވެރިޔާ އަދި ރައްޓެހިންނަށް މަރުގެ އިންޒާރު ފޮނުވާ ފުރައްސާރަކުރުން ހައްގުނުވާކަމަށް ޒަކިއްޓެ ބުންޏެވެ.
މައްސަލަ ހޫނުވި ޕޯސްޓުގައި ޒަކިއްޓެ ވަނީ އޭނަ އާއި އަލީ ރަމީޒުގެ ލަވަކިޔުމާއި އަޅާ ކިޔާފައެވެ. އެގޮތުން އަލީ ރަމީޒް އަކީ، ހަމަ އެކަނި ލަވަ ކީ ފަރާތެއްކަމަށް ޒަކިއްޓެ ބުނެފައިވެއެވެ. ނަމަވެސް އޭނާ އަކީ، ލަވަ ކިޔުމުގެ އިތުރުން އަމިއްލަ މިޔުޒިކް ހަދާ އެޔަށް ލަވަކިޔާ މީހެއް ކަމަށް ބުނެ އަލީ ރަމީޒްގެ ލަވަކިޔުމުގެ ކެރިއާއާއި އަޅާކިޔާފައިވެއެވެ. އެގޮތުން އޭނަގެ 3 އަހަރުވީ މިޔުޒިކް ކެރިއާގައި މި ހިސާބަށް އައިސްފައިވަނީ، އެއްވެސް މީޑިއާއެއް އަދި މިޔުޒިކް ޕްރޮޑިއުސަރެއްގެ އެހީ އާއި ނުލާއި، އަމިއްލައަށް ޙަރަދުކޮށްގެން ކަމަށް ޒަކިއްޓެ ބުންޏެވެ.
ދެއްކުނު ވާހަކަތަކަށާއި އަމަލު ކުރެވުނު ގޮތަށް އެންމެންގެ ކިބައިން ޒަކިއްޓެ މާފަށް އެދުނުއިރު، މިހާރު ގިނަ ބަޔަކު އަންނަނީ، ޒަކިއްޓެއަށް މާފުކޮށް އޭނަގެ މި އަމަލަށް ތައުރީފުކުރަމުންނެވެ.




ހިޔާލު
Mihen vedhaane thin hurihaa kudhin vx anga himeynun lain thibeyny