ގެންބެމުންދިޔަ މީހަކު ސަލާމަތްކޮށް މޯލްޑިވިއަން އައިޑަލް އިން އާއްމުންގެ ތެރެއަށް ތައާރްފްވި ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ނަމޫނާ ދައްކައިފިއެވެ.
މީސްމީޑިއާގައި އެފަދަ ވީޑިއޯއެން މިހާރު އާންމުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ އެމީހާ ސަލާމަތްކުރުމަށްފަހު ޒަކިއްޓެ ހިންގާލާފައި މޫދުން އަރަން އަންނަ މަންޒަރެވެ. އެވަގުތު ޒަކިއްޓެ ލާފައި ހެދުމުން ޒަކިއްޓެ މޫދަށް އެރުނީ ވަރަން މުހިންމުކަމެއް ދިމާވެގެންކަން އެނގެއެވެ. އެއީ ވީޑިއޯއިން ފެންނައިރު ޒަކިއްޓެ ލާފައިހުރީ މޫދަށް އެރޭކަހަލަ ހެދުމެއް ނޫނެވެ.
މިކަމާއި ގުޅިގެން މިނޫހުން ގުޅާލުމުން ޒަކިއްޓެ ބުނީ، މިހާދިސާ ހިނގާފައިވަނީ މި ރޭ 07:15 ހާއިރުކަމަށާއި، ރައްޓެއްސަކާއެކު ޓްރެކްސަރަޙައްދަށް ދިޔަތަނާހެން އެސަރަޙައްދުން ބަޔަކު ހަޅޭއްލަވާ އަޑު އިވުނުކަމަށެވެ. އަދި ގެނބެމުންދިޔަ ބަޔަކު ފެނުމާއެކު ވަގުތުން އެމީހުން ސަލާމަތްކުރުމަށް މޫދަށް އެރުނީކަމަށްވެސް ޒަކިއްޓެ ބުންޏެވެ. ޒަކިއްޓެ ބުނީ ގެނބުނީ ބޭރު ދެފެރިހެނުންކަމަށާއި، އެދެމީހުންވެސް ފަހުން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އަދި މިހާދިސާ ހިނގިއިރު އެސަރަޙައްދުގައި ބައިވަރު މީހުންވެސް ތިބިކަމަށާއި، ނަމަވެސް އެހީތެރިވުމުގެ ބަދަލުގައި އެންމެންވެސް މަންޒަރު ބެލުމަށް ހުރީކަމަށްވެސް އޭނާ ބުންޏެވެ. ބަޔަކު ނުވަތަ މީހަކު އެހީއަށްއެދި ގޮވާލާހިނދު ވަގުތުން އެހީތެރިވުމަށްވެސް ޒަކިއްޓެވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.
If you see anyone calling out for help, please for the love of god DONT wait around at the beach just looking!!
The sea can be your best friend or worst enemy as well.
Be safe and take care of your people at sea. https://t.co/3dj5Qpvish— ޒަކިއްޓެ (@ZakitteOfficial) October 2, 2020
މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންއިން، އާއްމުންގެ ތެރެއަށް ތަޢާރަފްވި ލަވަކިޔުންތެރިޔާ ޒަކިއްޓެއަށް ދާދިފަހުންވަނީ ގިނަ ބައެއްގެ ނުރުން އަމާޒުވެފައެވެ. އެއީ ރާއްޖޭގެ މަޝްޙޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒްގެ ލަވަތަކުގެ ތެރެއިން 80 އިންސައްތަ ލަވަތަކަކީ، އެހެން އާޓިސްޓުންގެ ލަވަތަކުން ކޮޕީ ކޮށްގެން އުފައްދާފައިވާ ލަވަތެކެކޭ ބުނުމުންނެވެ. އަދި ފާޑުކިޔުންތައް އަމާޒުވެ، މަރުގެ އިންޒާރު ދިނުމުން ޒަކިއްޓެވަނީ މާއާފަށްވެސް އެދިފައެވެ.
އެގޮތުން ޒަކިއްޓެ ބުނީ އަލީ ރަމީޒުގެ ލަވަތަކަކީ ކޮޕީއެއް ކަމަށް ބުނެފައިވާ ވާހަކީއަކީ ގޯސް ވާހަކައެއް ކަމަށް ގަބޫލުނުކުރާކަމަށެވެ. އެހެން ނަމަވެސް އެއަށްފަހު އެ ވާހަކައާއި ގުޅިގެން އޭނާއަށް ދެއްކުނު ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އަދި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
އަދި މިރޭ ޒަކިއްޓެ އެވަނީ އޭނާއަކީ އިންސާނިއްޔަތަށް ލޯބިކުރާ ކުޅަދާނަ ޒުވާނެއްކަން ދިވެހިންނަށް ދައްކައިދީފައެވެ.



