ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް - ފޮޓޯ: ދައެޑިޝަން

މާލެ އޭރިޔާގެ ހޮޓާތަކާއި ގެސްްޓްހައުސްތައް އަދިވެސް ނުހުޅުވޭ!: ޑރ. މަޢުސޫމް

މާލެ އޭރިއާގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިިވެސް ނުހުޅުވޭކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ޑރ. މަޢުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ އޭރިޔާގެ ހޮޓާތަކާއި ގެސްޓްހައުސްތައް އަދިވެސް ނުހުޅުވޭކަމަށާއި، ސުވެނިއަރު ޝޮޕުތަކާއި އެހެނިހެން ފަަތުރު ހިދުމަތްތައްވެސް އަދި ނުހިންގޭކަމަށެވެ.

ޑރ. މަޢުޞޫމް ވިދާޅުވެފައިވަނީ އެވެރިން ތަހައްމަލުކުރާ ގެއްލުން ވަރައްބޮޑުކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ކޮވިޑު ނަންބަރު ތިރިކުރުމަށް އެޗް.ޕީ.އޭ ގެ އެންގުންތަކަށް ބޮޑަށް ސަމާލުކަން ދިނުމަށް ޓޫރިޒަމް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާމީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވަނިކޮށް މިއަދަދު އަނެއްކާ ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ ވަނީ ރާއްޖެއިން 94 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 49 މީހަކު ހިމެނޭ އިރު އަތޮޅު ތެރެއިން ޕޮޒިޓިވްވި 45 މީހަކު ހިމެނެއެވެ.

މާލެ ސަރަހައްދުގައި ހޮޓާތަކާއި ގެސްޓްހައުސްތައް ނުހުޅުވިކަމުގައިވިޔަސް އަތޮޅު ތެރޭގައި ވަނީ ގެސްޓްހައުސްތައް ހުޅުވާފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ދަނީ ސްވެނިއަރ ޝޮޕްތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސްކުރުމުގެ ގޮތުން ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ ސްވެނިއަރ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރިއެއްކަމަށާއި ސްވެނިއަރ ޝޮޕްތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސްވުމަކީ އެމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ