8 މަސް ދުވަހަށްފަހު ސަލްޓަން ޕާކު އާއްމުންނަށް އަލުން ހުޅުވާލައިފިއެވެ.
ކޮވިޑާއި ގުޅިގެން ބަންދުކޮއްފައި އޮތުމަށްފަހު، މި ޕާކް އަލުން ހުޅުވާލައިފައި މިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ. މާލެސިޓީ ކައުންސިލުން ވިދާޅުވީ ސަލްޓަންޕާކް މިވަގުތު ހުޅުވަނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށާއި ޕާކްތަކަށް ކުޑަކުދިން ގެންދިޔުމާ ގުޅޭގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އެންގުމުން އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ސަލްޓަން ޕާކު އާއްމުންނަށް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން 9:30އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ. ޕާކު އަލުން ހުޅުވާފައިވަނީ ބައެއް މަރާމާތުތަކަށްފަހުކަމަށާއި، ޕާކުގައި ހަލާކުވެފައިވާ ގަސްތައް ނަގާ އެހެން ގަސްތައް ހެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ސަލްޓަން ޕާކް މިވަގުތު ހުޅުވަނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށާއި، ޕާކްތަކަށް ކުޑަކުދިން ގެންދިޔުމާ ގުޅޭގޮތުން އެޗް.ޕީ.އޭއިން ވަކި ގޮތެއް އެންގުމުން އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
Sultan Park re-opened today.
Park will be open from
Morning 4:30- 9:30am
Evening 4:30- 9:30pm #NewNormal pic.twitter.com/a9lM2x8muB— Male' City Council (@MaleCitymv) November 21, 2020
ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ



