ސްޕެނިޝް ލަލީގާގައި ރޭ ވިލަރެއާލްއާއި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުމުއިރު، އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކޮށްފިއެވެ.
ވިލަރެއާލް އަދި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ވިލަރެއާލް ދަނޑުގައި ކުޅުނު މިމެޗުގެ ދެވަނަ މިނަޓްގައި ރެއަލްމެޑްރިޑުން ލީޑު ނެގީ ކާވަހާލްގެ ހުރަހަކުން ޑައިބްކުރުމަށްފަހު މަރިއާނޯ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.
ރެއަލްމެޑްރިޑަށް މެޗުގައި ވިލަރެއާލްއަށް ނުރައްކާވާކަހަލަ އިތުރު ހަމަލާއެއް އެފެއްދިފައިނުވާއިރު، ވިލަރެއާލްއިން މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ލަނޑު ޖަހާނެ ހުސް ފުރުޞަތުތަކެއްވެސް އެޓީމަށްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނަޓްގައި މޮރޭނޯ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. ބޯޅައާއެކު އޭރިއާތެރެއަށް ވަދެ މޮރޭނޯ ފޮނުވާލި މިހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.
ވިލަރެއާލްއިން މެޗުގެ 76 ވަނަ މިނަޓްގައި ނަތީޖާ ހަމަހަމަކޮށްފައިވަނީ ޕެނަލްޓީއަކުންނެވެ. ސަމުއެކް ޗުކުވުޒޭއަށް ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްދިނީ މޮރޭނޯއެވެ.
މުހިންމު ގިނަ ކުޅުންތެރިން ނުހިމަނައި ކުޅުނު ރެއަލްމެޑްރިޑަށް މިއީ ހިތްހަމަ ޖައްސާލެވޭކަހަލަ ނަތީޖާއެކެވެ. މިނަތީޖާއާއެކު އެކްލަބުންވަނީ ތާވަލްގެ ހަތަރުވަނާގައި ހިފަހައްޓާލާފައެވެ.
އެތުލެޓިކޯއިން ބާސާ ބަލިކޮށްފި
FT #AtletiBarça 1-0
???? 24 games unbeaten
???? First win v Barça since 2010
???? Joint top of #LaLigaSantanderStatement win for @atletienglish! ????#LiveResults pic.twitter.com/3jnj4iYxsj
— LaLiga English (@LaLigaEN) November 21, 2020
ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އަދ ބާސެލޯނާ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެތުލެޓިކޯއިން ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޔަނިކް ކަރެސްކޯއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑަކީ ކައުންޓަރ އެޓޭކް ހަމަލާއެއްގައި ބާސެލޯނާގެ ހާފުގެ މެދަކާއި ހިސާބުން ކީޕަރު ސްޓެގަން ކައިރިން ނައްޓާލުމަށްފަހު ހުހަށް އޮތް ގޯލަގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކަރެސްކޯ ކާމިޔާބުކުރި މުހިންމު ލަނޑެކެވެ.
މިމޮޅާއެކު އެތުލެޓިކޯއިމް ތާވަލްގެ ދެވަނައަށް އެރިއިރު، ރޭގެ މެޗުން ދަށްވެ ބާސެލޯނާވަނީ ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ.



