ގައުމަށް ރީތި ނަން ހޯދައި ދިނުމަކީ ޤައުމީ ވާޖިބެއް: އަޝްފާޤް

ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) ވިދާޅުވެއްޖެއެވެ.

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގުގެ ފައިނަލަށް ދަތުރު ކުރުމާއި ގުޅިގެން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަމުން އަޝްފާގް ބުނީ، ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށެވެ.

އަދި އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް އޭނާ ޝުކުރު އަދާކުރައްވާފައި ވެސް ވެއެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ.

ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާއެވެ. ދަގަނޑޭ މި ހިސާބަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. ދަނގަޑޭވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ. އަދި ކުއާޓާ އާއި ސެމީގައި ވޭޓްނާމްގެ ދެ ކުޅުންތެރިން ބަލިކޮއް އަޝްފާޤް ވަނީ މިހާރު ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮއްފައެވެ.

މިއަދު މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ)އަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 54.32 އިންސައްތަ ވޯޓެވެ. އަދި ވިއެޓްނާމްގެ ގްޔެން ގުއެންގް ހައި އަށް ލިބިފައިވަނީ 45.68 އިންސައްތަ ވޯޓެވެ.

ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް ފޯރު ގަދަ ކުޅިވަރެކެވެ. މި ކުޅިވަރުގެ ސަބަބުން މުޅި ޤައުމު އެއްގަލަކަށް އަރުވައެވެ. ދިވެހިންގެ ލޭ ކައްކުވާލައެވެ. ޖޯޝާއި ފޯރި، ޤައުމީ ލޮއެއްބާއި އެކުވެރިކަން ހިތުގައި އުފައްދައެވެ.

ދިވެހިންގެ މެދުގައި ދަގަނޑޭ ފާހަގަ ކުރެވެމުން ދަނީ މި ސަރަހައްދުގެ އެންމެ މޮޅު ފުޓް ބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ކަމުން މި ޗެލެންޖްގައިވެސް މުޅި ޤައުމު އެކުވެ ދިވެހިން ނިކުމެފައިވަނީ ދަނގަނޑޭއަށް ފުރިހަމަ ކާމިޔާބީއެއް ހޯދައި ދިނުމަށެވެ. މިކަން ދިވެހިން ވަނީ ކުއާޓާ އަދި ސެމީ ފައިނަލްގައިވެސް ދައްކުވައި ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ