ދޯންޏެއްގައި ޒުވާނަކު ބަރަހަނާކޮށް، ބަނދެ އަނިޔާކޮށްފި

ޖެޓީގައި އޮތް ދޯންޏަކަށް ވައްކަންކުރަން އެރިކަމަށް ތުހުމަތުކޮށް ޒުވާނަކު ބަނދެ ވަރަށް ރަޙުމްކުޑަކޮށް ތަޅާ އަނިޔާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުހެރޭ 19:25 އެހާކަންހާއިރު ހުޅުމާލެ ކަންނެލި ޖެޓީގަ އޮތް ދޯންޏެއްގައެވެ. އެގޮތުން އެ ދޯންޏަށް އެމީހާ އެރިކަމަށްބުނެ އެމީހާއަށް އަނިޔާކުރި މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވަނީ މި ނޫހަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ދަޢުރުވަމުންދާ މި ވީޑިއޯގައި ފެންނަ ގޮތުން އެމީހާ ވަނީ ބޮކްސާ ކޮޅަށް ހަދާލައި އަތާއި ފައި ބަނދެފައެވެ. އެ ދޯނީގެ ތައްޓުމަތީގައި އެމީހާ އޮތް އިރު އެމީހާ ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި މަންޒަރު ފެނެއެވެ. އަދި އެމީހުން އޭނާގައިގައި ފައިންނާއި ލަޓިބުރި ފަދަ އެއްޗެހި ބޭނުން ކޮށްގެ ތަޅާ އަނިޔާ ކުރާ މަންޒަރުވެސް މި ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން އެމީހުން ދިޔައީ އެމީހާއާއި ދިމާއަށް ވަރަށް ބާރަށް ހަޅޭއްވެސް ލަވަމުންނެވެ. އެގޮތުން އެ ދޯނިން ނެގި ލާރި ކޮބާތޯއާއި ފޯނު ކޮބާތޯ އެމީހާއައި ސުވާލު ކުރާ އަޑު ވީޑިއޯއިން އިވެއެވެ.

މި ޑީއޯ ދަޢުރުވާން ފެށުމާއެކު ގިނަ ބަޔަކު ދިޔައީ އެ ޢަމަލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މާޑު ކިޔަމުންނެވެ. އެގޮތުން މީހަކު ބުނެފައި ވަނީ ވައްކަން ކުރި މީހާވެސް އަދި އޭނަ އަށް އަނިޔާކޮށް މާރާމާރީ ހިންގި މީހުންވެސް ގޯސްކަމަށެވެ. "މީކީ ނޫން އިންސާފު ޤާއިމް ކުރުމަކީ" އޭނާ ބުނެފައިވެވެ.

މި މައްސަލައާއި ގުޅިގެން ޔޫތް މިނިސްޓަރުވެސް ވަނީ އޭނަ އޮރިޔާންކޮށް އަނިޔާ ކުރުމުން އެކަން ކުއްވެރިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ