ކޮރޯނާ ވައިރަސް ފުރަތަމަ އުފެދިގެން ގޮސްފައިވަނީ ވޫހާން ވައިރޮލުޖީ ލެބަގައި ނޫން ކަން ހަދާފައިވާ އިތުރު ޓެސްޓްތަކުން ޔަގީންވާކަމަށް ޗައިނާގެ "ބެޓް ވިމެން" ބުނެފިއެވެ.
ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލުޖީ ގެ ޑެޕިއުޓީ ޑިރެކްޓަރ ޝީ ޒެންގްލީ އަކީ ކޮރޯނާ ވައިރަސްގެ ތަފާތު މަސައްކަތްތަކުގައި ފާހަގަ ކޮށްލެވޭ މީހެކެވެ.
އޭނާ ބުނެފައިވާގޮތުގައި މީގެ 8 އަށް އަހަރު ކުރިން ސައުތް ވެސްޓް ޗައިނާގެ ވާލު ހޮލޮޅައެއްގައި މަސައްކަތް ކުރުމަށްފަހު ބަލިވި މީހުންގެ ލޭގެ ޓެސްޓް ހަދާފައިވާ ކަމަށެވެ. އަދި އެ ޓެސްޓްތަކުން އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާކަމަށް ބުންޏެވެ.
ޝީ ޒެންގްލީ ކުރި މި ދިރާސާގެ ނަތީޖާ އާންމުކޮށްފައިވަނީ މި ހަފްތާގައެވެ. މި ދިރާސާތައް އާންމުކޮށްފައިވަނީ ސައިންޓިފިކް ޖާރނަލް ނޭޗަރ ގައި ފެބްރުއަރީ މަހު އޭނާ ލިޔެފައިވާ ލިޔުމެއްގެ އަޕްޑޭޓްގެ ގޮތުގައެވެ.
މިހާތަނަށް ދުނިޔެއިން 58 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މި ބަލީގައި 1.38 މިލިއަން މީހުން ވަނީ މަރުވެފައެވެ.



