އައިޖީއެމް ހޮސްޕިޓަލް ކައިރީ އޮންނަ ޝަހީދު ޢަލީ ގޯޅީގެ ތެރޭގައި މިއަދު ހަވީރު ހިންގި މާރާމާރީއާ ގުޅިގެން ތިން މީހުން ހަޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީ ހުއްޓުވަން އެތަނަށް ދިޔަ ފުލުހުންނަށް އެތަނުން އެކަކު ހަމަލާދީފައިވާ ކަމަށެވެ.
މިއަދު ހަވީރު 04:15 ހާއިރު ޝަހީދު ޢަލީ ގޯޅިތެރޭގައި މާރާމާރީއެއް ހިންގައިގެން ތިން މީހަކު (22 އަހަރުގެ ދެ ފިރިހެނުންނާއި، 18 އަހަރުގެ ފިރިހެނެއް) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން މީހުންވެސް މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، މާރާމާރީގައި އެތަނުން އެކަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މަސްތުހާލުގައި ހުރި މީހަކު އަމިއްލަ އަތުގައި ވަޅިއަޅައިގެން އޭޑީކޭއަށް ދާން ބޭނުންވެގެން އުޅެނިކޮށް އެކަން ހުއްޓުވި ފުލުހަކު ފޮޅުވާލުމަށްފަހު އަނެއްކާވެސް ދާން ހިނގައިގަތުމުން ހުއްޓުވުމާއި ގުޅިގެން ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އެ ސަރވިސް އިން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ހިޔާލު
ތިހިރަ އެމްސީ ހަމީދު ގޮވައިގެން ފުލުހުން މަސައްކަތް ކުރާއިރު ފުލުހުން ލަދުގަނޭތަ
ކޮމެންޓް ކުރުން ބަންދު