ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށްވަނީ އިޞްލާޙް ގެނެސްފިއެވެ.
މިގޮތުން އިސްލާހް ކުރެވިފައިވާ ޤަވާއިދުގެ (ނަމްބަރ2020/R-95، ތާރީޚް 6 އޮކްޓޯބަރ 2020) 21 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 (އެކެއް) އަހަރު ދުވަހުގެ ވަރުވާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ވަރުވާ 4 (ހަތަރު) ޕޭމަންޓްގެ ގޮތުގައި ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިންވަނީ ހަމަޖައްސާފައެވެ.
އެމިނިސްޓްރީއިން ކޮޑްފައިވާ އިޢުލާނެއްގައި ބުނީ، މިގޮތަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުން ހަމަޖެހިފައިވަނީ މި މިނިސްޓްރީއާ ވަރުވާއަށް ފަޅުރަށް ނަންގަވައިގެން ގެންގުޅުއްވާ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްގެންކަމަށެވެ.
އަދި މިގޮތަށް ފަޅުރަށްރަށުގެ ވަރުވާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، އެ މިނިސްޓްރީއަށް އެކަން ލިޔުމަކުން ހުށަހަޅުއްވައިގެން އެގްރިމެންޓަށް ބަދަލު ގެންނެވުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށްވެސް މިއިޢުލާނުގައި ވެއެވެ.