ފޯކައިދޫއިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށު ކައުންސިލުގެ ރައީސް މި ނޫހަށް މައުލޫމާތު ދިންގޮތުގައި، އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހަކު، 14 ދުވަސްފަހުން ނެގި ސާމްޕަލްއިންނެވެ.

ޕޮޒިޓިވްވެފައިވަނީ 19 އަހަރުގެ އަންހެނެއް ކަމަށް ކައުންސިލުގެ ރައީސް މައުލޫމާތުދިނެވެ.

ރާއްޖެއިން މިހާތަނަށް 12،758 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 46 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 11،615 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ