ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ މުދިމަކަށް 30 އަހަރުގެ ވެރިކަން ދީގެން އުޅުންކަމަށް ރައްޔިތުން މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެއް އަހުމަދު) ވިދާޅުވެއްޖެއެވެ.
ޓުއުރިޒަމްގެ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުގެ ބިލަށް ތާއިދުކުރައްވާ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، ޓުއިރިޒަމްގެ ލޭންޑް ރެންޓަކީ އެމްޑީޕީގެ ސަރުކާރަކުން ހުށައަޅައިގެން ޤާނޫނަށް ބަދަލުކޮށްގެން ނަގަން ފެށި ރެންޓެއްކަމަށެވެ. އަދި މީގެ ކުރިން އޮންނަނީ ބެޑް ރެންޓް ކިޔާ ނިޒާމެއްކަމަށް ހަލީމް ވިދާޅުވިއެވެ.
"ބެޑް ރެންޓަކީ ފަނަރަ ސަތޭކައެއްހާ ޑޮލަރު އަހަރަކު އެންދަކަށް ދޭގޮތަށް އޮންނަ ނިޒާމެއް. އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ އޭރުގެ ރިސޯޓު އޯނަރު ބުނަމުންދިޔައީ ފަނަރަ ސަތޭކަ ޑޮލަރު ދައްކަގެންވެސް ދެކޮޅު ނުޖެހޭ ކަމަށް. އެހެންވީމާ އޭރުގެ ރައީސް މައުމޫނުގެ ކޮށި ވިސްނުންފުޅަކަށެއް މި ޓުއިރިޒަމްގެ ފައިދާ ނަގާ މިންވަރުވެސް އިހްސާސެއް ނުކުރެވޭ" ހަލީމުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، އޭރު ރިސޯޓުތަކުގެ އޯނަރުން ބުނަމުން ދިޔަ އެއްޗެއް ރައީސް މައުމޫން ޤަބޫލުކޮށްގެން ހުރީކަމަށާއި، އެހެންނަމަވެސް އެދުވަސްވަރު އަލަށް ޓުއުރިޒަމް މިނިސްޓަރަކަށް އިބްރާހީމް މުހައްމަދު ޒަކީ ވަޑައިގެންނެވުމާއި ގުޅިގެން އެމްޑީޕީގެ ވިސްނުންފުޅު ހުންނަ ބޭފުޅަކަށް ވާތީވެ އޭރުވެސް ނިންމީ އާއްމުކޮށް އޯޕަން ބިޑަކަށް ދާންކަމަށެވެ.
"އޯޕަން ބިޑަކަށް ދިޔަ ފުރަތަމަ ދުވަހު، ފުރަތަމަ ރަށުގައިވެސް 7000 ޑޮލަރު އެނދަކަށް ޖެހުނު މާލެ އަތޮޅު ނޫން މާދުރު އަތޮޅު ތަކުގައިވެސް. އެހިސާބުން ރައީސް މައުމޫނަށް އެނގުނީ ޓުއުރިޒަމްގެ ލާރި ލިބޭ މިންވަރާއި، މީގެ ފައިދާއާއި މީގެ އަގު" ހަލީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވިއެވެ.
ހަލީމްގެ މި ވާހަކަފުޅަށްފަހު ވިދާޅުވީ، ރާއްޖެކުރިއަރައި ތަރައްޤީވެ ނުދިޔައީ، އަޒުހަރުން އައި މުދިމަކަށް 30 އަރުގެ ވެރިކަން ދީގެން އުޅެވުންކަމަށެވެ.




3 Responses
Mee dhen kaaku Maumoonah furassaara Kiran.
derakamakee foot ball ey kiyaige boalha akee vah echchehkan ves neygey soraku laarikolheh hoadhaigen gondieh feyriganegen ranbudhdhivefa hurun
ހަލީލުތަ؟ ނޫނީ ޙަލީމުތަ؟ ލިޔެފައޮތްގޮތުން ސާފުނުވެގެން މިއުޅެނީ.