ފޮޓޯ: ދަ އެޑިޝަން

އެފްއޭއެމްގެ އިންތިހާބުގައި 2 މިލިއަނަށް ވޯޓު ވިއްކާ: ހަލީމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކަހަލަ އެސޯސިއޭޝަންތަކުގެ އިންތިހާބުގައި ކޮންމެ ކްލަބަކަށް 2 މިލިއަން ރުފިޔާ ދިނުމަށްފަހު ވޯޓު ވިއްކާ ކަމުގެ ތުހުމަތު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީޙުގެ މިއަދުގެ ޖަލްސާގައި އަހްމަދު ހަލީމް ވިދާޅުވީ، އެސޯސިއޭޝަންގެ ރައީސްކަމާއި ހަވާޅުވެވިއްޖެއްޔާ އޭގެން ސަލާމަތް ނުވެވެނީ ލިބޭ ބޮޑެތި މަންފާތަކުގެ ސަބަބުނާއި ފައިސާ ލިބޭލެއް ބޮޑުކަމުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ އެސޯސިއޭޝަނަށް ހޮވޭ ރައީސަކީ ކުޅިވަރު ތަރައްގީ ކުރަން ހޮވޭ ފަރާތެއްގެ ގޮތުގައި ދެނެގަންނަށް. އެހެންނަމަވެސް މި ރާއްޖޭގައި މިކަން ހިނގާފައޮ އޮތީ އެސޯސިއޭޝަންގެ ރައީސަކާ ހަވާޅުވެވިއްޖެއްޔާ އޭގެން ސަލާމަތް ނުވެވޭ. ހުރޭ ލިބޭ ވަރަށް ބޮޑު މަންފާ ތަކެއް. އެހެންވެގެން އެފްއޭއެމް ކަހަލަ ބޮޑެތި އެސޯސިއޭޝަން މުޅި ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރުގައި އިންތިހާބު ތަކަށް ވެގެން އެ ދަނީ. ފައިސާ ލިބޭލެއް ބޮޑުކަމުން. ރައީސްކަން ބޭނުންވެގެން ކުޅިވަރު ފުޓުބޯޅަ ތަރައްގީ ކުރުމަށް ވުރެއް އޭގެން ދިރިއުޅުން ބިނާކުރުމަށްޓަކާ." ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން މެދުވެރިކޮށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ކޯޕަރޭޝަނުން މިއަދު ވެސް ވަރަށް ގިނަ މުހިންމު ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރަމުން ދާ ކަމަށެވެ. އަދި އިންތިހާބުތަކުގެ ތެރޭގައި ކްލަބްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ވީހާވެސް ގިބަ ކްލަބްތަކަކަށް އިންތިހާބުތަކުގައި ބައިވެރިވެވޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"އެފްއޭއެމް ކަހަލަ ބޮޑެތި އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ވޯޓު ލެވެން އެންމެ 10 ކްލަބަށް އޮތީމައި އޭގެން ކޮންމެ ކްލަބަކަށް 2 މިލިއަން ރުފިޔާ ދިފައި ވޯޓު ގަނެފައި ފީފާގައި އޮންނާނެ ވޯލްޑްކަޕަށް ހޯސްޓްކުރަން ތިން ހަތަރު ގައުމަކުން ބިޑް ކުރީމައި އޭގެ ތެރިއިން ކޮންމެސް އެއް ގައުމަކަށް އަނެއްކާ އަޅުގަނޑުމެންގެ ރައީސް ގޮސް ވިއްކާލަނީ ވޯޓު." ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ، ވޯޓު ވިއްކާލުމަށްފަހު ލާރި ޖަހަނީ ޖީބަށް ކަމަށާއި އިނގިރޭސިވިލާތުގައި ވޯލްޑްކަޕް ބާއްވަން ރާއްޖެއިން ވޯޓު ދިނީމައި 2 މިލިއަނެއްހާ ރުފިޔާ ލިބޭކަމަށެވެ.

"އެހެންވީމައި އެސޯސިއޭޝަންގައި ބަގުޑި ބައްދައިންގެ އެ ތިބެނީ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބެއް ބާއްވާކަމުގައި ވާނަމަ އެހެރަ ކަންތައް ކުރަން އުނދަގު ވާނެ. އަޅުގަނޑު ދެކޭގޮތުގައި އެސޯސިއޭޝަންގައި ރަގިސްޓަރީ ވެފައި ތިބި މުޅި ރާއްޖޭގެ ހުރިހާ ކްލަބަކަށް ވޯޓު ލުމުގެ ފުރުސަތު އޮންނަން ޖެހޭނެ." ހަލީމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ