އއ. ތޮއްޑޫ - ފޮޓޯ: ލޯކަލް އެސްކޭޕް

ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ

އއ. ތޮއްޑޫގައި ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ތޮއްޑޫގެ ފަތުރުވެރިއަކަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމަނުކުރިނަމަވެސް، ފުލުހުން ވިދާޅުވީ، މި މައްސަލަ ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

އެގޮތުން މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ހާމައެއް ނުވެއެވެ.

ރާއްޖޭގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ