މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު | ފޮޓޯ: މަޖިލިސް

ހާސްކަމުގެ ޝިކާރައަކަށް ޓޫރިޒަމް ހަދަނީ އެއްވެސް ބަލާލުމެއް ނެތި: ޞައީދު

މި ދަނޑިވަޅުގައި ހާސްކަމުގެ ޝިކާރައަކަށް ޓޫރިޒަމް ހަދަނީ އެއްވެސް ބަލާލުމެއް ނެތިކަމުގައި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ޞައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މި ވަނީ ޓޫރިޒަމް ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ޞައީދު ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގެ ހާސްކަމުގެ ޝިކާރައަކަށް ރާއްޖޭގެ އިޤްޠިޞާދުގެ އެންމެ މުޙިންމު ޞިނާޢަތް (ފަތުރުވެރިކަން) ހަދަނީ އެއްވެސް ދިރާސާއެއް ނުކޮށް އަދި ބަލާލުމެއްވެސް ނެތިކަމަށެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން އިއްޔެ މަޖިލީހަށް ހުށައެޅި ބިލަށް ވާހަކަ ފުޅު ދައްކަވަމުން ޞައީދު ވިދާޅުވެފައި ވަނީ ދަޢުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ޓޫރިޒަމްގެ ޤާނޫނަށް ގެންނަން ހުށައެޅި ބަދަލުތަކުގެ ސަބަބުން ދަޢުލަތުގެ އާމްދަނީ ދާނީ މަދުވެގެން ކަމަށެވެ.

މި ބިލުގައި ވާގޮތުން ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުން ނަގާ ކުލި އެކި ސަރަހައްދުތަކުގައި ތަފާތުވާނެއެވެ.

އިއްޔެ މަޖިލީހަށް ހުށައެޅި މި ބިލު ދިރާސާ ކުރުން މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ