ބޮޗޭ ޕީޕީއެމްއާ ގުޅިވަޑައިގެންފި

ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ޕީޕީއެމްއާ އަލުން ގުޅުވައިވަޑައިގަންނަވައިފިއެވެ.

ޕީޕީއެމުން ބުނީ މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި އެ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، ރިފާއު ޕީޕީއެމްއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

އޭނާ ޕީޕީއެމްއަށް ސޮއި ކުރި ފޯމާއި ހަވާުލުވެޑައިގަންނަވާފައި ވަނީ އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޚާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ ކަންކަމުގައި ގާތުން މަސައްކަތް ކުރައްވާފައިވާ ބޮޗޭ ޕީޕީއެމްއާއި އަލުން ގުޅުނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރުމަށެވެ.

ޔޮޓް ޓުއާސް ގްރޫޕް ކުންފުނިތަކުގެ ސީއީއޯގެ މަގާމާއި ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްޓްރިއޭޓްގެ މަގާމުން ބޮޗޭ އިސްތިއުފާ ދެއްވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ