ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

މާލޭ ސިޓީ ކައުންސިލްގައި ހިނގާ ކަންތައްތައް ރައްޔިތުންނަށް ނުފެންނާތީ ޝުޖާއު ފާޑުކިޔައިފި

މި ސަރުކާރުގައި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ރައްޔިތުންނަށް ލައިވްކޮށް ނުފެންނާތީވެ، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އެކަމަށް ފާޑުކިޔައިފިއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ރައްޔިތުންނަށް ލައިވްކޮށް ފެންނަން ޖެހޭކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ސަރުކާރެއްގައި ސިޓީ ކައުންސިލުގެ ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ދެފުއްފެންނަހެން އެނގޭނެކަމަށް ދޭހަވާގޮތަކަށް ޝުޖާއު ވަނީ ވާހަކަދައްކަވާފައެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި މާލެސިޓީ ކަައުންސިލެއް ލައިވް ވާނެކަމަށާއި، ދި ރައްޔިތުންނަށް ކައުންސިލް ޖަލްސާ ހިނގާ ވަގުތުވެސް ވަދެ،ބެލޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، މާލޭ ގެ “ބޮޑު ކުނިގޮނޑު” ނަގާ،10 ބުރި އިމާރާތުގެ ދޮރު ކުރިމަތިން ކުނި ނެގޭނެ އިންތިޒާމު ހަމަޖައްސަވައި،އެކަން ކުރާނީ ދިވެހިން ކަމަށްވެސް ހަމަޖެއްސެވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. ނަމަވެސް .އެމް.ޑީ.ޕީ ކައުންސިލުން ކުނިގޮނޑު ސާފު ނުކޮށް ބޭއްވީ ވައްކަން ކުރަންކަމަށް ޝުޖާއު ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ