އިޓާލިއަން ސެރިއާގައި މާދަމާ ރޭ ޔުވެންޓަސްއާއި ބެނިވެންޓޯ ބައްދަލުކުރާ މެޗުގެ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީ ކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި މާދަމާ ރޭ 10:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ރޮނާލްޑޯއަށް ރެސްޓްދިނުމަށް ކޯޗު ޕިރްލޯ ނިންމާފައިވާއިރު، އެމެޗަށް ދާ ދަތުރުގައިވެސް ރޮނާލްޑޯ ބައިވެރިނުވާނެއެވެ. ބަދަލުގައި ރެސްޓްކުރަން ޓިއުރިންގައި މަޑުކުރާނިއެވެ.
މިސީޒަންގައި ޔުވެންޓަސްއަށް މިހާތަނަށް 9 ގޯލް ކާމިޔާބުކޮށްދީފައިވާ ރޮނާލްޑޯ މިސީޒަންގެ ސެރީއާގައި މިހާތަނަށް ކުޅުނު 5 މެޗުން 8 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި މި 8 ލަނޑާއެކު މިސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި ރޮނާލްޑޯ އޮތްއިރު އޭސީ މިލާނަށް ކުޅެމުން އަންނަ އިބްރަހިމޮވިޗް ލިސްޓްގެ އެއްވަނާގައި އޮތީ 10 ލަނޑު ކާމިޔާބުކޮށްގެންނެވެ.
????✈️ The Bianconeri bound for #BeneventoJuve!#FinoAllaFine #ForzaJuve pic.twitter.com/TVlywRRvAo
— JuventusFC (@juventusfcen) November 27, 2020
އެހެންކަމުން މާދަމާ ރޭގެ މެޗުގައި ރޮނާލްޑޯ ނުކުޅޭނަމަ، އެކަމުގެ ފައިދާ ނަގައި މިހާރު އޮތް ދެ ލަނޑުގެ ފަރަގު އިތުރަށް ބޮޑުކުރަން އިބްރަހިމޮވިޗަށް ފުރުޞަތު ލިބިގެންދާނެއެވެ.
ޔުވެންޓަސް މިހާރު އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. ކުޅުނު 8 މެޗުން ޔުވެންޓަސް ލިބިފައިވަނީ 18 ޕޮއިންޓެވެ. އެހެން ކްލަބު ތަކެކޭވެސް އެއްގޮތަށް ޔުވެންޓަސްއަށްވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														