ކެލާގައި މަސްމާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި މަސްމާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، ހއ. ކެލާ ގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް ކެލާ ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އަދި މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށްވެސް މިއިޢުލާނުގައި އެދިފައިވެއެވެ.

  • މަޢުލޫމާތު ސާފުކުރުން. 07 ޑިސެމްބަރު 2020 (ހޯމަ) - 10:00
  • އަންދާސީ ހިސާބު ހުށަހެޅުން. 15 ޑިސެމްބަރ 2020 (އަންގާރަ) - 13:00

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށް ކެލާ ކައުންސިލުން އިޢުލާންކޮށްފައިވާއިރު، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނެކަމަށްވެސް ކެލާ ކައުންސިލުންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ