ހަދަމުންދާ ރިސޯޓެއްގައި ބޮޑު މާރާމާރީއެއް ހިނގައިފިއެވެ.
މި މާރާމާރީ ހިނގާފައި ވަނީ ކ. ރަށްފަޅު ހުރާގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތް ތެރިންގެ މެދުގައެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ މަސައްކަތްތެރިންގެ ގްރޫޕްއަކާއި ބަންގްލަދޭޝް މަސައްކަތް ތެރިންގެ ގްރޫޕެއްގެ މެދުގައެވެ.
މި މާރާމާރީއާއި ގުޅިގެން ފުލުހުން ވިދާޅުވީ ރަށްފަޅު ހުރާ 4 ގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތް ތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރު ފަހު 1:20 އެހާއިރު ފުލުހުންނަށް ހުށައެޅާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ރިޕޯޓާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި މާރާމާރީގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.



