މީޑިއާ ކައުންސިލް މެންބަރުން | ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބު 2020 ގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން މިރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މީޑިއާ ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށާއި މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

"ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ ނޮވެމްބަރު 29، 2020 ވަނަ ދުވަހުގެ ރޭ 00:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ." މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އިއުލާނުގައި ބުނެފައި ވެއެވެ.

މީޑިއާ ކައުންސިލް އިންތިހާބުގެ ވަގުތީ ލިސްޓުގައިވާގޮތުން މި އިންތިހާބުގައި ވޯޓުލުމަށް އެދި 200 ފަރާތަކުންވަނީ ނަން ރަޖިސްޓްރީ ކޮށްފައެވެ. މީޑިއާ ކައުންސިލްގެ މެމްބަރު ކަމުގެ ދައުރު ހަމަވާ 13 މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިފަހަރު އިންތިހާބުގައި މީޑިއާތަކުން އިންތިހާބު ކުރާނީ ހަތް މެމްބަރުންނެވެ. އަދި އާންމުންގެ ތެރެއިން އިންތިހާބު ކުރާނީ ހަ ކެންޑިޑޭޓުންނެވެ.

މީޑިއާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިއްބަވައެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ އަށް މީހަކާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ