ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ބްރޯޑްކާސްޓިން އާއި އޮންލައިން ކެޓަގަރީއަށް ވަކިން އެވޯޑު ދޭން ގޮވާލައި ޕެޓިޝަނެއް

ބްރޯޑްކާސްޓިން ކެޓަގަރީ އާއި އޮންލައިން ކެޓަގަރީ ވަކިން އެވޯޑު ދިނުމަށް މީޑިއާ ކައުންސިލަށް ގޮވާލާ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

މި ޕެޓިޝަންގައި ސޮއިކުރި މީޑިއާތަކުގެ ތެރޭގައި "ވަގުތު"، "މިހާރު"، "އަވަސް"، "ވަން އޮންލައިން"، "ވޮއިސް"، "މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް"، "ފަހު މިނެޓު" ހިމެނެއެވެ.

މި ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓިން މީޑިއާތަކުން އެވޯޑަށް ހުށަހެޅި ހުށަހެޅުންތައް ފަނޑިޔާރުންގެ ދެ ޕެނަލަކުން ފަނޑިޔާރު ކަންކޮށްފައި ދެ ބާވަތުގެ މީޑިއާތައް އެއްކޮށްލައިގެން އެވޯޑު ދޭން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް  މި ދެ މަސައްކަތަކީ ވަރަށް ތަފާތު ދެ ކަމަކަށްވާތީ އާއި މަސައްކަތް ކުރަން ޖެހޭ ގޮތް ވެސް ވަރަށް ތަފާތު ކަމަށްވާތީ އެވޯޑް ދިނުމުގައި އެގޮތަށް އުސޫލުއޮތުމުން އިންސާފުވެރި ނޫންކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލަ ހައްލުކޮށްފައި ނޫނީ ކުރިއަށް އޮތް އެވޯޑުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.

މިއަހަރު މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމް ދިނުމަށް ބާއްވާ ހަފްލާ އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ