އޭއެފްސީ ބްރެކެޓް ޗެލެންޖް ދަގަނޑޭ ކާމިޔާބު ކޮށްފި

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބޭއްވި ބްރެކެޓް ޗެލެންޖް ރާއްޖޭގެ މޮޅު ފުޓް ބޯޅަ ކުޅުން ތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ދަގަނޑޭ މި ޗެލެންޖް ކާމިޔާބު ކޮށްފައި ވަނީ ހޮންގްކޮންގް ގެ ޗަން ސިއު ކީ އާއި ވާދަކޮށް %89 ވޯޓް ހޯދައިގެންނެވެ. ޗަން ސިއު ކީ އަށް ލިބިފައި ވަނީ އެންމެ %10 ވޯޓެވެ. މި މުބާރާތުގެ ފައިނަލުން ފަސޭހަކަމާއެކު ދަގަނޑޭ ކާމިޔާބު ކުރިނަމަވެސް މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ.

ޗަން ސިއު ކީ އަކީ ހޮންކޮންގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އޭއެފްސީ އިން ކުރިޔަށްގެންދިޔަ މި ޗެލެންޖްގައި ޖުމްލަ 32 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދަގަނޑޭ މި ޗެލެންޖް ކާމިޔާބު ކުރި ގޮތަށް ބަލާލާއިރު ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. އެގޮތުން ކުއާޓާގައި ދަގަނޑޭ ވާދަކޮށްފައި ވަނީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެ ގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާއެވެ. ކުއާޓާ ފައިނަލް ގައި ގުއެން ވެންކުއާގެ މައްޗަށް ދަގަނޑޭ ކުރި ހޯދީ 51.45 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ސެމީފައިނަލަށް ބަލާލާއިރު ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ދަގަނޑޭ ވަނީ ކުރި ހޯދާފައެވެ. ސެމީ ފައިނަލްގައި ދަގަނޑޭއަށް 54.68 އިންސައް ވޯޓް ލިބުނު އިރު ންގުޔެން ކުއެންގް ހައިއަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.

ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އަބަދުވެސް ފޯރު ގަދަ ކުޅިވަރެކެވެ. މި ކުޅިވަރުގެ ސަބަބުން މުޅި ޤައުމު އެއްގަލަކަށް އަރުވައެވެ. ދިވެހިންގެ ލޭ ކައްކުވާލައެވެ. ޖޯޝާއި ފޯރި، ޤައުމީ ލޮއެއްބާއި އެކުވެރިކަން ހިތުގައި އުފައްދައެވެ.

ދިވެހިންގެ މެދުގައި ދަގަނޑޭ ފާހަގަ ކުރެވިފައި ވަނީ މި ސަރަހައްދުގެ އެންމެ މޮޅު ފުޓް ބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ކަމުން މި ޗެލެންޖްގައިވެސް މުޅި ޤައުމު އެކުއެކީ ނިކުމެ ވަނީ ދަގަނޑޭއަށް ކާމިޔާބު ހޯދައި ދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ދަގަނޑޭ މިއަދު މި ހޯދި ޔާމިޔާބީއާއެކު މުޅި ޤައުމު ދަނީީ އެކަމުގެ އުފާވެރިކަން ޙިއްސާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ